ބަންކަރިން އަށް ގެނައި އެއް ބޯޓު މާލެ ކައިރި އަޅާފަ، އަނެއް ބޯޓު ލަންކާގައި

އަދަދު

1 އޮކްޓޯބަރު 2025 | ބުދަ | 10:59

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅު ސަރަހައްދުގައި ފްލޯޓިން ބަންކަރިންގެ ހިދުމަތް ދޭން ގެނައި އެއް ބޯޓު މާލެ ކައިރި އަޅާފައި އޮތް އިރު އަނެއް ބޯޓު އަވަށްޓެރި ސްރީ ލަންކާގެ ބަނދަރެއްގައި އޮތްކަން އެނގިއްޖެ އެވެ.

ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެން ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށީ ސެޕްޓެމްބަރު 19، 2024 ގަ އެވެ. މި ހިދުމަތް ދިނުމަށް ރާއްޖެ ގެނައީ ވިޓޯލް އިން ސިންގަޕޫރުގައި ބަންކަރިންގެ ހިދުމަތް ދޭން ގެންގުޅުނު 3258 ޓަނުގެ މެރިން އޭންޖަލް އާއި 3939 ޓަނުގެ މެރިން ބެލާ އެވެ.

ކަނޑު އުޅަނދު ޓްރެކްކުރާ ވެސެލްފައިންޑާ އަދި މެރިން ޓްރެފިކް ފަދަ ސައިޓުތަކުން ދައްކާ ގޮތުގައި މީގެ ތެރެއިން މެރިން އޭންޖަލް މިވަގުތު އޮތީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބަނދަރުކޮށްފަ އެވެ. މެރިން ބެލާ އޮތީ މާލެ ސަރަހައްދުގަ އެވެ.

މައުޟޫޢުތަށް