އިބްރާހިމް ދީދީ ވިދާޅުވީ މަޖިލިސް އިންތިހާބާ ދިމާކޮށް ފެނަކައިން 9.8 މިލިއަން ރުފިޔާ ޖަމާވިކަން ނޭނގޭ ކަމަށް

އަދަދު

1 އޮކްޓޯބަރު 2025 | ބުދަ | 10:12

ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީގެ ހިއްސާ އޮންނަ ޑީ އެންޑް ވީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމަށް ފަސް ދުވަހަށްވެފައި ވަނިކޮށް ފެނަކަ ކޯޕަރޭޝަނުން 9.8 މިލިއަން ރުފިޔާ ޖަމާވިކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި އޭނާގެ އަންހެނުން އިހުސާނާ ޝަރީފްގެ ހިއްސާ އޮންނަ ޑީ އެންޑް ވީ އިންވެސްޓްމަންޓަށް ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް 9،804،240ރ. ފެނަކައިން ޖަމާކުރީ އޭޕްރިލް 16، 2024، ގަ އެވެ. މަޖިލިސް އިންތިހާބު ބޭއްވީ އޭޕްރިލް 21، 2024، ގަ އެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން 'ދައުރު' ނޫހުން އިބްރާހިމް ދީދީއާ ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ ވިޔަފާރީގައި ބައިވެރިވެ ނޫޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި އެ ފައިސާ ޖަމާވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މައުޟޫޢުތަށް