މުއިއްޒާއެކު ކޯލިޝަން ހެދި ސިޔާމުގެ ދެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑާގެ ކުށް ސާބިތު ނުވާ ކަމަށް ވަގަށް ބޭއްވި އަޑުއެހުމެއްގައި ނިންމައިފި

އަދަދު

1 އޮކްޓޯބަރު 2025 | ބުދަ | 2:00

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މަނީ ލޯންޑާކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި ސަން އިންވެސްޓްމަންޓް އަދި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ޖިނާއީ ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ނިންމައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދި އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ދެ ކުންފުންޏަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ "ވަގަށް ބޭއްވި" ޝަރީއަތުގެ މަޖިލީހެއްގަ އެވެ.

އެ މައްސަލައިގައި ހުކުމް ކުރީ ސެޕްޓެމްބަރު 17، ގަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުމެއް އެ ދުވަހު ބާއްވާ ކަމަށް ކޯޓުން އާންމު ކުރި ޝެޑިއުލުގައި ބުނެފައެއް ނުވެ އެވެ. އަދި އެ މައްސަލައިގައި ކޮށްފައިވާ ހުކުމް މިހާތަނަށް ވެސް ކޯޓުން އާންމެއް ނުކުރެ އެވެ.

މައުޟޫޢުތަށް