ގާޒާއަށް އެހީވާން ދާ އުޅަނދެއްގައި ހުރި ދިވެހި މީހާ ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެ
އަދަދު
1 އޮކްޓޯބަރު 2025 | ބުދަ | 1:35
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ޖެނޮސައިޑާއި ގުޅިގެން ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް، އެހީގެ ސާމާނު ހިފައިގެން ކަނޑުމަގުން ދަތުރުކުރާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ އުޅަނދެއްގައި ހުރި ދިވެހި މީހާ ދިވެހި ސަރުކާރުގެ އެހީއަށް އެދިއްޖެ އެވެ.
ފްލޮޓިލާގައި ހިމެނޭ ބޯޓެއްގައި ގާޒާއަށް ދަތުރުކުރަމުންދާ ދިވެއްސަކީ އިބްރާހިމް ޝާޒް (ބޮޑޭ) އެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގާޒާއަށް ދަތުރުކުރަމުންދާ ބޯޓުތައް މިހާރު އޮތީ ގާޒާގެ އައްސޭރިއާ 150 މޭލު ބޭރުގައި ކަމަށެވެ.
އެ ބޯޓުތައް މިހާރު އޮތީ އިޒްރޭލުގެ ނުރައްކާތެރި ހަމަލާއެއް ކުރިމަތިވެދާނެ ފަދަ ހިސާބެއްގައި ކަމަށާއި، އެފަދަ ހަމަލާއެއް ނުދޭން ދިވެހި ސަރުކާރުން ގޮވާލަން ޖެހޭނެ ކަމަށް ބޮޑޭ ހިއްސާކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.