ވޭޕް ސާމާނު އެތެރެކުރުމުން ކުރި ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ

އަދަދު

1 އޮކްޓޯބަރު 2025 | ބުދަ | 2:14

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކުރި ޖޫރިމަނާ އަދިވެސް ނުދައްކާކަން އެނގިއްޖެ އެވެ.

ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މާހިލް ހިފެހެއްޓީ މިދިޔަ އޯގަސްޓު މަހުގެ މެދުތެރޭގަ އެވެ. ރާއްޖޭން ބޭރުން އައިއިރު 100 އަށް ވުރެ ގިނަ އަދަދަކަށް ވޭޕް ކުރާ ސާމާނު މާހިލް އެތެރެކުރަން އުޅުނުކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ މައްސަލައިގައި މިލިއަނެއްހާ ރުފިޔާއިން މާހިލް ޖޫރިމަނާ ކޮށްފައިވާކަން ވެސް މި ނޫހަށް އެނގިފައިވެ އެވެ.

ނަމަވެސް އެ ފައިސާ މިއަދާ ހަމައަށް ވެސް މާހިލް ދައްކާފައި ނުވާކަން ކަސްޓަމްސްގެ އޮފިޝަލެއް މި ނޫހަށް ކަށަވަރު ކޮށްދިނެވެ.

މައުޟޫޢުތަށް