މުއިއްޒު ވިދާޅުވި ގޮތަށް ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ކްލާސްރޫމެެއް އޭސީ ނުކުރެވުނު
އަދަދު
1 އޮކްޓޯބަރު 2025 | ބުދަ | 3:07
އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް މިދިޔަ މަހުގެ ނިޔަލަށް މަޝްރޫއު ނުނިންމުނެވެ.
ޖެނުއަރީ 22، ގައި ރ. ހުޅުދުއްފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން އަށް ވަރަކަށް ދުވަސް ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޮޑަށް މި އަމާޒު ކުރަނީ ވެސް ވީހާ ވެސް އަވަހަކަށް، ސެޕްޓެމްބަރު މަހާ ހަމައަށް ދާންވާއިރަށް ވެސް ނިންމާލެވޭތޯ. އެއީ ހައެއްކަ މަސް ދުވަސް، އަށެއްކަ މަސް ދުވަސް ބޭނުންވާނެ މުޅި ރާއްޖެ އެއްކޮށް ނިންމާލަން. އެހެންވީމަ އެގޮތަށް އެކަން ކުރިއަށް ގެންދާ ވާހަކަ ދަންނަވާލަން," މުއިއްޒު ވިދާޅުވި އެވެ.