ހުލާސާކޮށް އިއްޔެ: ސިޔާމުގެ އަތުން މުއިއްޒު ބޮޑު ލޯނެއް
އަދަދު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 5:57
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ކުރަމުންދިޔަ ދުވަސްވަރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އަތުން ރައީސް މުހައްމަދު މުއިއްޒު ބޮޑު ލޯނެއް ނެންގެވިކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އިތުބާރު ހިފޭ ދެ މަސްދަރަކުން އަދަދު އާ ވާހަކަ ދައްކަވަމުން ބުނީ މުއިއްޒު ލޯނު ނެންގެވި އެގްރިމެންޓެއްގައި ވެސް ސޮއި ކުރެއްވުމަށްފަހު ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކިކަން އެނގިފައެއް ނުވެ އެވެ.
އެ މައްސަލައިގައި ކޮމެންޓެއް ހޯދަން މުއިއްޒުގެ ތަރުޖަމާނު ހީނާ ވަލީދަށް މި ނޫހުން ގުޅުމުން ފޯނު ނުނަންގަވާތީ ޖަވާބެއް ލިބިފައެއް ނުވެ އެވެ. އަދި ސިޔާމުގެ ބަހެއް ވެސް މި ލިޔުމަކަށް ނުލިބުނެވެ.