ރައްޔިތުންގެ ބާރު ހޯދަން ނުކުންނަން ޖެހޭ ވަގުތު ޖެހިއްޖެ: ސޯލިހު
އަދަދު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:46
ރައްޔިތުންގެ ބާރު ހޯދަން ރައްޔިތުން ނުކުންނަން ޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސޯލިހު ވިދާޅުވީ ގާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި ބުނާ ގޮތަށް ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި އެ ބާރު އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށްވާތީ އެ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ނަގަން ޖެހޭ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ.
"ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެގެން އޮތް ކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި އެބުނާ ގޮތަށް ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމާއި އެ ބާރު އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށްވާތީ އެ ބާރު ރައްޔިތުންގެ އަތްމައްޗަށް ނަގަން ޖެހިއްޖެ ވަގުތު ޖެހިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސޯލިހު ވިދާޅުވި އެވެ.