ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުން ކުށްވެރިކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް
އަދަދު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:02
އިޒްރޭލުން ހިންގަމުން ގެންދާ ނަސްލުހޭދުކުރުމާ ގުޅިގެން ގާޒާގައި ބަނޑަށް ޖެހިފައި ތިބި އެތައް ހާސް ރައްޔިތުންނަކަށް އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ދަތުރުކުރަމުންދާ ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސް އެޅުން ކުށްވެރި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ އިންސާނީ އެހީ އާއި ބޭސް ހިފައިގެން ގާޒާއަށް ކަނޑުމަގުން ދަތުރުކުރަމުންދާ އެހީގެ ލަޝްކަރަށް އިޒްރޭލުން ހުރަސް އެޅުމުން އެކަން ދިވެހި ދައުލަތުން ކުށްވެރި ކުރުމަށެވެ.