އިޒްރޭލުގެ ހަމަލާތަކާއެކު ޝާޒް ހުރި ބޯޓު ސައިޕްރަސްއާ ދިމާލަށް ދަތުރުކުރަން ފަށައިފި

އަދަދު

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:23

ފަލަސްތީނުގެ ރައްޔިތުންނަށް، އެހީގެ ސާމާނު ހިފައިގެން ކަނޑުމަގުން ދަތުރުކުރާ ގްލޯބަލް ސުމޫދް ފްލޮޓީލާ އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާދީ ބޯޓުތަކަށް އަރައިގަންނަން ފެށުމާއެކު ފްލަޓީލާގައި ހުރި ދިވެހި މީހާ ދަތުކުރަމުންދިޔަ ބޯޓު ސައިޕްރަސް އަށް ދަތުރުކުރަން ފަށައިފި އެވެ.

ފްލޮޓިލާގައި ހިމެނޭ ބޯޓެއްގައި ގާޒާއަށް ދަތުރުކުރަމުންދާ ދިވެއްސަކީ އިބްރާހިމް ޝާޒް އެވެ. އޭނާ ހުރީ ފްލޮޓީލާގެ ސްޓިއަރިން ކޮމިޓީގެ މެންބަރުން ވެސް ތިބި ބޯޓެއް ކަމަށްވާ "ސަމަޓައިމް ޖޮންގް" ގަ އެވެ.

ޝާޒް އާއެކު މިކަމުގައި މަސައްކަތްކުރާ އަޒްހާދު އަހުމަދު އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ޝާޒް ހުރި ބޯޓަކީ ފްލޮޓީލާގެ ކަންކަން އޮބްޒާވް ކުރަމުންދިޔަ ބޯޓެއް ކަމަށެވެ. އެންމެ ފަހުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި އެ ބޯޓު ދަތުރުކުރަމުންދަނީ ސައިޕްރަސް އަށެވެ.

މައުޟޫޢުތަށް