މައާފަށް އެދި ޕީއެންސީއަށް ސޮއިކުރި ވައްޑެއަށް ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރަކަން ދީފި
އަދަދު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:52
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ދޫކޮށް ރައީސް މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާ މުހައްމަދުގެ ކިބައިން މައާފަށް އެދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅުނު މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) އަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު އަދަދު އަށް ވިދާޅުވީ ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރަކަށް ވައްޑެ އައްޔަނު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އޮގަސްޓު މަހުގެ ނިޔަލަށް މުއިއްޒުގެ އިތުރުން މި ސަރުކާރަށް ފާޑުކިޔަމުންދިޔަ ވައްޑެ ކުއްލި ގޮތަކަށް މުއިއްޒު އާއި ސާޖިދާގެ އަރިހުން މައާފަށް އެދުނީ ސެޕްޓެމްބަރު 9، ގަ އެވެ.