މުޒާހަރާއަށް ކުޑަތަންވުމުން ވިޔަފާރިވެރިންނަށް ފައިސާ ދޭން ވެސް މުއިއްޒު އެއްބަސްވެއްޖެ
އަދަދު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:56
އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން މާދަމާ ބާއްވާ ބޮޑު މުޒާހަރާއަށް ކުޑަތަންވުމުން ވިޔަފާރިވެރިންގެ ބިލުތަކަށް ފައިސާ ދޫކުރުން ރައީސް މުހައްމަދު މުއިއްޒު މިރޭ އެއްބަސްވެވަޑައިގެންފި އެވެ.
މިދިޔަ ރޯދަ މަހުގެ ކުރިން ވިޔަފާރިވެރިންނަށް ފައިސާ ދޫކޮށް ނިންމުމަށް ވެސް މުއިއްޒު ޖެނުއަރީ، 2025، ގައި ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ވައުދު ފުއްދަވާފައެއް ނުވެ އެވެ. އަދި ނޮވެމްބަރު، 2024، ގެ ކުރިން ފައިސާ ދޫކުރަން ވެސް މުއިއްޒު ކުރިން ވައުދުވެވަޑައިގެންފައިވެ އެވެ.
މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތައް މެދުވެރިކޮށް ސަރުކާރުން ކޮށްފައިވާ މަސައްކަތަށް ދޭން ޖެހޭ ހުރިހާ ފައިސާ އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ދައްކާ ނިންމާނެ ކަމަށެވެ.