"އެއް ކަމެއް ވެސް ނުކުރޭ"، މުއިއްޒުގެ ދަތުރާ ގުޅުވާ އައްޑޫގެ ވައުދުތައް އާކުރާތީ ނިޒާރު ނުރުހިއްޖެ

އަދަދު

3 އޮކްޓޯބަރު 2025 | ހުކުރު | 6:46

ސަރުކާރާ ހަވާލުވުމަށް ފަހު އައްޑޫ ސިޓީގައި ހިންގަން ބުނި އެއްވެސް މަޝްރޫއެއް ނުހިންގާ ތިބުމަށް ފަހު، މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވާތީ އައްޑޫއަށް ވެފައިވާ ވައުދުތަކުގެ ވާހަކަ ދައްކާތީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އައްޑޫގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ މަސައްކަތާ ގުޅިގެން އަދަދު އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނިޒާރު ވިދާޅުވީ، މުއިއްޒު އައްޑޫއަށް ވަޑައިގަންނަވާތީ އައްޑޫގައި ކުރަން ބުނި ކަންކަމުގެ ވާހަކަ ދެއްކިޔަސް މި ސަރުކާރުން އަލަށް ފަށަން ބުނި އެއްވެސް ކަމެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

މުއިއްޒު އައްޑޫއަށް ވަޑައިގަންނަވާ ތަންވަޅާ ދިމާކޮށް، އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމުގައިވާ ޝަންގްރިއްލާ އަންނަ އާ އަހަރަށް ހުޅުވާ ކަމަށް އިއުލާންކޮށް، ހަންކެޑެގައި ރިއަލް އެސްޓޭޓު ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށް، ހަންކެޑެގައި ހިންގަން އުޅުނު ހަލާލު ޓޫރިޒަމް ޕްރޮޖެކްޓު ދޮންހެރައަށް ބަދަލުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް