އޮކްޓޯބަރު 3 މުޒާހަރާ: އެޗްޑީސީން މިރޭ ހުޅުމާލެ ބީޗުގައި ސްޓޭޖް ޝޯއެއް ބާއްވަނީ
އަދަދު
3 އޮކްޓޯބަރު 2025 | ހުކުރު | 10:58
އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާ ބޯމަތިވެފައިވަނިކޮށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) މުޒާހަރާ އޮންނަ ގަޑީގައި ހުޅުމާލެ ބީޗުގައި ސްޓޭޖް ޝޯއެއް ބާއްވަން ނިންމައިފި އެވެ.
އެޗްޑީސީގެ ރަސްމީ އެކްސް އެކައުންޓުން ރޭ ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާއި ދެމެދު އޮންނަ ޗެނަލް ކައިރި، ފުރަތަމަ ފިޔަވަހި ބީޗުގައި ބާއްވާ މި ޝޯ ދެނީ ދިވެހި ބޭންޑު "ޓޫ އޮފް އަސް" އިން ކަމަށެވެ. ޝޯ ފެށުމަށް ހަމަޖެހިފައިވަނީ 8:45 ގަ އެވެ.
މިއީ ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަން އެޗްޑީސީން އިސްނަގައިގެން މިއަދު ކުރިއަށް ގެންދާ ހަރަކާތް ނިންމާލަން ބާއްވާ ޝޯއެއް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ. އެޗްޑީސީގެ އިތުރުން ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުން އަންނަނީ މާދަމާ ރޭގެ މުޒާހަރާގައި މުވައްޒަފުން ބައިވެރިވެދާނެތީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.