ފަޒުލްގެ ވައްކަންތައް ނުބެލި އޮއްވައި ކުރީ ސަރުކާރުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެޗްޑީސީން ބުނެފި
އަދަދު
3 އޮކްޓޯބަރު 2025 | ހުކުރު | 3:46
ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި މަޖުބޫރުވެގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ފަޒުލް ރަޝީދު ވައްކަންތައް ނުބެލި އޮއްވާ، ކުރީ ސަރުކާރުގެ ދުވަސްވަރު ހިނގި މައްސަލަތަކެއް ބަލަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާ ބޯމަތިވެފައިވަނިކޮށް ކުރީ ސަރުކާރުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ އެޗްޑީސީން ބަޔާން ނެރުނީ ރޭ އިރާކޮޅު އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 2019 އާއި 2023 އާއި ދެމެދު އެ ކުންފުނީގެ ތެރެއިން 200 މިލިއަނެއްހާ ރުފިޔާގެ ހިޔާނާތް ވެފައިވާ ކަމަށް ފާހަގަކުރެވޭތީ އެކަންކަން ބެލުމަށް ތަހުގީގީ އިދާރާތަކަށް މައްސަލަ ހުށަހަޅަމުންދާ ކަމަށެވެ.