އެމްޑީޕީގެ މުޒާހަރާ: ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ނަޝީދު ގޮވާލައްވައިފި

އަދަދު

4 އޮކްޓޯބަރު 2025 | ހޮނިހިރު | 4:28

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބި ހަ މީހުން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީން ފުރިހަމައަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެ ހައްގު ދަމަހައްޓައި ރައްކާތެރިކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ.

"ސަރުކާރާއި ދެކޮޅަށް ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން،" ނަޝީދު ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް