މިނިސްޓަރު ސައީދަށް ފާޑުކިޔައި ޑޮލަރުގެ އަގު ތިރިކުރަން ގޮވާލައި މީހަކު ކުރި ޕޯސްޓެއް މިނިސްޓަރު ހަލީލު ރިޕޯސްޓުކޮށްފި
އަދަދު
4 އޮކްޓޯބަރު 2025 | ހޮނިހިރު | 5:59
ޑޮލަރުގެ އަގާއި ގުޅުވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ރިޕޯސްޓު ކުރައްވައިފި އެވެ.
ސައީދަށް ފާޑުކިޔައި މީހަކު ރައްދު ދިނީ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ އާއި ގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ބަހުގެ ހަމަލާއެއް ދެއްވާ ކުރެއްވި ޕޯސްޓަކަށެވެ.
މުހައްމަދު އާދިލް ކިޔައި މީހަކު އެކްސްގައި ލިޔެފައިވަނީ "ފ* ނުކިޔާ ޑޮލަރުގެ އަގު ތިރިކޮށްބަލަ ބރނ****،" މިފަދައިންނެވެ. އެ ޕޯސްޓު ހަލީލު ރިޕޯސްޓުކުރުމުން ސްކްރީންޝޮޓް ނަގައި އެ މީހާ ވަނީ ދެވަނަ ޕޯސްޓެއް ވެސް ކޮށްފަ އެވެ.