ގދ. ތިނަދޫގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާދެނީ

އަދަދު

5 އޮކްޓޯބަރު 2025 | އާދިއްތަ | 11:24

ގދ. ތިނަދޫގައި ސްކޫޕް އެންޑް ސްމައިލް ކުރިމަތީ މަގު ހުރަސްކުރި ކުއްޖާގެ ގައިގައި ސައިކަލުން ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަ އަހަރުގެ ކުއްޖަކަށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އިއްޔެ އިރުއޮއްސުނުއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި 21 އަހަރުގެ ޒުވާނާ އަތުގައި ލައިސަންސް ނެތެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ދުއްވި ސައިކަލު ވަނީ ޓޯކޮށްފަ އެވެ.

މައުޟޫޢުތަށް