މުއްދަތު ހަމަވިއިރު ލާމަރުކަޒީ ގާނޫނުގައި ހަދަން ބުނި ގަވާއިދުތަކާއި އުސޫލުތައް އާންމުނުކުރޭ

އަދަދު

5 އޮކްޓޯބަރު 2025 | އާދިއްތަ | 1:45

ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރިއިރު، އެ ގާނޫނުގައި ބުނާ ގޮތަށް އިސްލާހުކުރަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އަދި އަލަށް އެކުލަވާލަން ޖެހޭ އައު ގަވާއިދުތަކާއި އިސްލާހުތައް މުއްދަތު ހަމަވިއިރު ވެސް އެކުލަވާލައި އާންމު ނުކުރެ އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓް 6، ގަ އެވެ. އަދި އޮގަސްޓް 14، ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.

އެ ގާނޫނުގައި އޮތް ގޮތުން ބަންދު ދުވަސްތައް ލައިގެން އިސްލާހުކުރަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އަދި އަލަށް އެކުލަވާލަން ޖެހޭ އައު ގަވާއިދުތަކާއި އިސްލާހުތައް އެކުލަވާލުމުގެ މުއްދަތު ވަނީ ސެޕްޓެމްބަރު 13، ގައި ހަމަވެފަ އެވެ. ބަންދު ދުވަސްތައް ލައިގެން އެ މުއްދަތު އޮކްޓޯބަރު 1، ގައި ވަނީ ހަމަވެފަ އެވެ.

މައުޟޫޢުތަށް