ރާއްޖޭގައި ހިނގާ މުޒާހަރާތައް ގާތުން ބަލަމުންދާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

އަދަދު

5 އޮކްޓޯބަރު 2025 | އާދިއްތަ | 6:47

މިފަހުން ރާއްޖޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި އެ މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ރިޕޯޓުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ ބޮޗްވޭ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޝާލީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމަޖެހުން ގެއްލޭފަދަ އަމަލުތަކުން ދުރުހެލިވެ ތިބެ ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވައިލައްވާ ކަމަށެވެ.

"އަޅުގަނޑު އެންމެހައި ފަރާތްތަކަށް ވެސް ގޮވައިލަނީ ހަމަޖެހުން ގެއްލޭފަދަ އަމަލުތަކުން ދުރުހެލިބެ ތިބެ ސިޔާސީ ތަފާތުވުންތައް ހައްލުކޮށް ދިވެހިރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިހުތިރާމާއެކު މަޝްވަރާ ކުރުމަށް،" ޝާލީ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް