ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން 21 ޕަސެންޓަކީ ބިދޭސީ ޓީޗަރުން
އަދަދު
5 އޮކްޓޯބަރު 2025 | އާދިއްތަ | 6:35
ދިވެހިރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން 21 ޕަސެންޓު މީހުންނަކީ ބިދޭސީ ޓީޗަރުން ކަމަށް ގައުމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަނީ 11،372 ޓީޗަރުންނެވެ. އޭގެ ތެރެއިން 8،978 ޓީޗަރުންނަކީ ދިވެހިންނެވެ. ބިދޭސީ ޓީޗަރުންގެ އަދަދަކީ 2،394 އެވެ.
އެހެންކަމުން، ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން 79 ޕަސެންޓަކީ ދިވެހިންނެވެ. ބިދޭސީ ޓީޗަރުންގެ ޕަސެންޓޭޖަކީ 21 އެވެ.