ފުވައްމުލަކު އެއާޕޯޓުގެ ފެންސު މަތިން އަރަން މަސައްކަތްކޮށް، އެތަނުގެ ސެކިއުރިޓީއަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި
އަދަދު
5 އޮކްޓޯބަރު 2025 | އާދިއްތަ | 8:03
ފުވައްމުލަކު އެއާޕޯޓުގެ ފެންސު މަތިން އަރަން އުޅުނު ބަޔަކަށް ހުރަސް އެޅުމުން އެއާޕޯޓުގެ ސެކިއުރިޓީއަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ސެޕްޓެމްބަރު 28، ވަނަ ދުވަހުގެރޭ ފަތިހު 4:05 ހާއިރު ކަމަށެވެ.
އެ މައްސަލައިގައި ތިން މީހުން ހައްޔަރު ކުރީ އެއާޕޯޓުގެ ފެންސު މަތިން އެމީހުން އަރަން އުޅެނިކޮށް އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފަކު އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެ މީހާއަށް ހަމަލާދީ މާރާމާރީ ހިންގުމުން ކަމަށް ފުލުހުން ބުންޏެވެ.