ހިއްކަން ފެށިތާ 21 މަސް ފަހުން ރަސްމާލޭގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

އަދަދު

6 އޮކްޓޯބަރު 2025 | ހޯމަ | 9:29

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށިތާ 21 މަސް ފަހުން، ރަސްމާލާގެ މާސްޓަ ޕްލޭން ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރަސްމާލެ މަޝްރޫއަށް ހޯދާ ކޮންސަލްޓަންޓުގެ މައިގަނޑު ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަ ޕްލޭނެއް ތައްޔާރުކުރުން ކަމަށެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކޮށް އީއޯއައި ހުށަހެޅުމަށް އޮތް ސުންގަޑިއަކީ އޮކްޓޯބަރު 14، އެވެ.

އެ ކޮންސަލްޓަންޓުގެ އެހީއާއެކު ހެދޭ މާސްޓަ ޕްލޭނަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިން މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގުތިސޯދީ ގޮތުން ފުދުންތެރި މާސްޓަ ޕްލޭނަކަށް ވާން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް