ފިޔޯރީ ކައުންސިލުގެ ރައީސް ޕީއެންސީއަށް ފާޑުކިޔައިފި
އަދަދު
6 އޮކްޓޯބަރު 2025 | ހޯމަ | 10:26
ފިޔޯރީ ކައުންސިލްގެ ރައީސް، ފައިޒަރު ރަޝީދުގެ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ފާޑުކިޔައިފި އެވެ.
މިނިވަން މެންބަރެއް ގޮތަށް ކައުންސިލަށް އިންތިހާބުވި ފައިޒަރު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީން ފުންކޮށް ނުވިސްނައިފިނަމަ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"ވެރިކަން ކުރާ ޕާޓީ ޕީއެންސީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވަރުގަދަވެގެން ދާތަން ނުފެނި މިދާ ސަބަބާ ދޭތެރޭ ފުންކޮށް ނުވިސްނައިފި ނަމަ 2026 ލޯކަލް ކައުންސިލް އިންތިހާބާއި، 2028 ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ ގުނަ ގޮންޖެހުންތަކާއި ކުރިމަލާން ޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.