ޑްރަގު އެތެރެކުރާ "ބޮޑެއް" ކަަމަށް ބުނި ވިސާމުގެ މައްސަލައެއް ޕީޖީން ދޫކޮށްލައިފި
އަދަދު
6 އޮކްޓޯބަރު 2025 | ހޯމަ | 10:28
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނި އަހުމަދު ވިސާމްގެ މައްޗަށް ތުހުމަތުކުރެވޭ ކެނެބިސް ޓްރެފިކްކުރުމުގެ މައްސަލައެއްގެ އިސްތިއުނާފު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދޫކޮށްލައިފި އެވެ.
ވިސާމްގެ މައްޗަށް ތުހުމަތު ކުރެވޭ ހާދިސާ ހިނގީ މީގެ އަށް އަހަރު ކުރިން ޑިސެމްބަރު، 2017، ގައި އެވެ. އެ ފަހަރު ޑްރަގު ފެނުނީ ވިސާމްގެ މައްޗަށް ނެރުނު ކޯޓު އަމުރެއްގެ ދަށުން ގެޔެއް ބަލައި ފާސްކުރަނިކޮށް، އެ ތަނުގެ ތެރެއިން ފެނުނު ރިމޯޓަކަށް، ފިތާލުމުން އެލާމް އެޅި ސައިކަލު ބަލައިފާސްކުރަނިކޮށެވެ.
މިހެން ނަމަވެސް، މިއީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ތަކެތިކަން ސާބިތުކޮށް ނުދެވޭ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ. އޭރު ޕީޖީ އޮފީހުން ނިންމީ މި މައްސަލަ އިސްތިއުނާފު ކުރާށެވެ.