މުޒާހަރާ ކުރި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލަން ޖެހޭ ކަމަށް ފަލާހު ވިދާޅުވެއްޖެ
އަދަދު
6 އޮކްޓޯބަރު 2025 | ހޯމަ | 10:24
ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ކެންދޫ ދާއިރާގެ މެންބަރު ބެރިކޭޑެއް ތެރެއަށް ވަދެ ފުލުހުންނަށް ހުރަސްއެޅި މަންޒަރު ފެނުނު ކަމަށެވެ. އެފަދަ ކަންކަން ކޮށް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މެންބަރުންގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވިޔަސް، އެވަރުގެ ކުށެއް ކޮށްފި ކަމަށް ވަންޏާމު އެ މެންބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ އިއްޒަތްތެރި ރައީސް،" ފަލާހު ވިދާޅުވި އެވެ.