މުޒާހަރާއިން ހައްޔަރަށް ގެންދިޔަ ފަހުން ސަލާހުގެ އިނގިލި ބިންދާލައިފި
އަދަދު
6 އޮކްޓޯބަރު 2025 | ހޯމަ | 5:46
އެމްޑީޕީން އޮކްޓޯބަރު 3، މާލޭގައި ކުރި ބޮޑު މުޒާހަރާއިން މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހު ހައްޔަރުކުރިފަހުން އިނގިލި ބިންދާލާފައިވާ ކަމަށް އޭނާގެ ލޯޔަރު މުސްތަފާ ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މުސްތަފާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސަލާހު ގެންދިޔަ ފަހުން ބިންދާލާފައިވަނީ ވައަތުގެ ބޮޑުވައި އިނގިލި ކަމަށާއި އޭނާގެ ކަނާއަތް ފަރާތު އަރިކަށީގައި ވެސް ޒަހަމެއް އެބަހުރި ކަމަށެވެ.
"ސަލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވައަތުގެ ބޮޑުވައި އިނގިލި ފުލުހުން ވަނީ ބިންދާލާފައި. އަދި ކަނާއަތް ފަރާތު އަރިކަށީގައި ޒަހަމެއް އެބަހުރި. މިކަންކަމަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ހިނގާފައިވާ ކަންކަން،" އޭނާ ވިދާޅުވި އެވެ.