ކެންސަރާ ހަނގުރާމަ ކުރަމުންދާ މަންމައަށް ބޭސް ނުލިބިގެން ދަރިއެއްގެ އުދާސްތައް ބަންޑުންކޮށްލައިފި

އަދަދު

6 އޮކްޓޯބަރު 2025 | ހޯމަ | 6:59

ކެންސަރުގެ ފަހު ސްޓޭޖުގައި ފަރުވާ ހޯދަމުންދާ މަންމައަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭހެއް ރާއްޖެއިން ލިބޭނެ އެއްވެސް ގޮތެއް ނެތިގެން އެ މީހާގެ ދަރިއަކު ސިއްހީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ކަންބޮޑުވުން ފާހަގަކޮށް، އެ މީހާގެ ދަރިއެއްގެ އުދާސްތައް ބަންޑުންކޮށްލައިފި އެވެ.

ސާއިމާ ޝަރީފް ނަމަކަށް ޖަހާފައިވާ މީހަކު ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނީ އޭނާގެ މަންމަގެ ކީމޯތެރަޕީއަށް ބޭނުންވާ ބޭސް ނުލިބޭ ކޮންމެ ދުވަހަކީ ފުރާނައަށް ނުރައްކާވެ، ކެންސަރު ފެތުރުމުގެ ވެސް ފުރުސަތު އޮންނާނެ ކަމެއް ކަމަށެވެ.

އެ ބޭހަކީ ރާއްޖެއިން ލިބޭ ބޭހަކަށް ނުވާތީ އެ ބޭސް ހޯދީ އެސްޓީއޯގެ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެން ކަމަށާއި އޭރުވެސް ބޭސް އަތަށް ލިބެނީ ދެތިން މަސް ފަހުން ކަމަށެވެ. އެގޮތުން އެކި ފަހަރު ގުޅައި ބޭސް ނުލިބިގެން ޝަކުވާވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް