މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑި އެއާޕޯޓު ވެސް ހުއްޓުމަކަށް
އަދަދު
6 އޮކްޓޯބަރު 2025 | ހޯމަ | 6:57
ހދ. ކުޅުދުއްފުށިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި އެއާޕޯޓުގެ ވެސް ހުއްޓުމަކަށް އައިސްފި އެވެ.
ކުޅުދުއްފުށިން އަދަދު އަށް މައުލޫމާތު ދިން މީހަކު ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އިރުއޮއްސި 6:15 ހާއިރު ކަމަށާއި ކަރަންޓުގެ ހިދުމަތް އަނބުރާ ލިބޭނެ އިރެއް ވެސް ނޭގޭ ކަމަށެވެ.
އޭނާ ބުނީ ކުޅުދުއްފުއްޓަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނާގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.