ދައުލަތަށް ލިބެންޖެހޭ ފައިސާ މައާފު ކުރުމަށް ރައީސަށް އޮތް ބާރު އަތުލަންޖެހޭ: މެންބަރު ހަމީދު
އަދަދު
7 އޮކްޓޯބަރު 2025 | އަންގާރަ | 10:59
ދައުލަތަށް ލިބެން ޖެހޭ އާމްދަނީއެއް މައާފުކުރެވޭނެހެން ރައީސުލްޖުމްހުރިއްޔާއަށް ލިބިދީފައި އޮތް ބާރު އަތުލަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ، ދައުލަތުން ބަދަލު ދިނުމުގެ ނަމުގައި ފައިސާ ދިނުމާއި ލިބެންޖެހޭ ފައިސާ މައާފު ކުރެވޭނެ ބާރު ރައީސަށް އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ.
"މިފަދަ ކަންކަން ކުރެވޭ ގޮތަށް އޮތް ދޮރުތައް އަޅުގަނޑުމެން އެބަޖެހޭ ބަންދުކުރަން. އެއްވެސް ރައީސަކަށް ނުވަތަ އެއްވެސް ވުޒާރާއަަކަށް ދައުލަތަށް ލިބެންޖެހޭ އެއްވެސް މާލީ. ކިތަންމެ ކުޑަ ނަމަވެސް މިންވަރަކަށް މައާފު ދިނުމަކީ އެއްވެސް ބޭފުޅަކަށް ފަހިވެފަ އޮންނަ ފުރުސަތަކަށް ވެގެން ނުވާނެ،" ހަމީދު ވިދާޅުވި އެވެ.