އިންޑޮނީޝިއާގެ ބޯޑިން ސްކޫލެއްގެ އިމާރާތެއްް ވެއްޓި 61 މީހުން މަރުވެއްޖެ
އަދަދު
7 އޮކްޓޯބަރު 2025 | އަންގާރަ | 2:12
އިންޑޮނީޝިއާގެ އީސްޓް ޖާވާގެ ސިޑޯއާޖޯގައި ހުރި އަލް ހޮޒިނީ އިސްލާމިކް ބޯޑިން ސްކޫލްގެ އިމާރާތެއް ވެއްޓި 61 މީހުން މަރުވެއްޖެ އެވެ.
ސެޕްޓެމްބަރު 29 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ އެ ދުވަހުގެ މެންދުރު ނަމާދު ވަގުތު ނަމާދު ކުރުމަށް މީހުން ތިއްބަ އެވެ.
މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެ އެވެ. އެ ގައުމުގެ ސިފައިންނާ އެހީ ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ވަނީ އިމާރާތުގެ ދަށުވި މީހުން ހޯދުމުގެ މަސައްކަތް ނިންމާލާފަ އެވެ. ކްރޭނާއި އެކި އާލާތްތައް ބޭނުންކޮށްގެން ދުވާލާއި ރޭގަނޑު އިމާރާތުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރި އެވެ.