ވަޒީރުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ތާރީހު ބަޔާންކޮށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި

އަދަދު

7 އޮކްޓޯބަރު 2025 | އަންގާރަ | 1:32

ސަރުކާރުގެ ވަޒީރުންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ތާރީހު ބަޔާންކޮށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

މަޖިލީހުގައި ނެގި ވޯޓުގައި މި ބިލު ބަލައިގަތުމަށް އެ ވަގުތު ތަޅުމުގައި ތިއްބެވި 59 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. މި ބިލުގެ ބަހުސަށް މިއަދުގެ ޖަލްސާގައި ހުޅުވާލި ނަމަވެސް އެއްވެސް މެންބަރަކު ބިލާއި ގުޅޭގޮތުން ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.

ވަޒީރުންގެ މަގާމާއި ހަވާލުވާ ފަހުން ހިނގާ ކޮންމެ އަހަރެއްގެ މާލީ ބަޔާން އާންމުކުރަން ޖެހޭނެ ކަމަށް ބުނާ މި ބިލު ދިރާސާ ކުރާނީ މާލިއްޔަތު ކޮމިޓީންނެވެ. ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިހާރު އޮންނަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަން ކުރަން ޖެހޭ މުއްދަތެއް ނޯވެ އެވެ.

މައުޟޫޢުތަށް