ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ހަތަރު މެންބަރަކު އިންތިހާބުވެއްޖެ

އަދަދު

7 އޮކްޓޯބަރު 2025 | އަންގާރަ | 9:40

މިނިވަން މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި ފުރުސަތުގައި ބޭނުންވާ ވަރަށް ވުރެ ގިނައިން ކެންޑިޑޭޓުން ކުރިމަތިލާފައި ނުވުމާއެކު ވޯޓަކާއި ނުލާ ހަތަރު މެންބަރަކު އިންތިހާބުވެއްޖެ އެވެ.

ކޮންޓްރޯލް ކޮމިޝަނަށް މީޑިއާތަކުން ހަތަރު މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި މުއްދަތު ހަމަވީ އޮކްޓޯބަރު 4، އަށެވެ. މުއްދަތު ހަމަވިއިރު ރު ފޯމު ހުށަހެޅީ އެންމެ ހަ މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އަނބުރާ ނަން ގެންގޮސްފައިވާއިރު، ދެ މީހެއްގެ ކެންޑިޑެންސީ ބަލައިގަނެފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އިންތިހާބުކުރަން ޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލުމުން، ވޯޓަކާއި ނުލާ އެ މީހުން އިންތިހާބުވެފައިވާ ކަމަށެވެ.

މައުޟޫޢުތަށް