ދާއިމީ ބަލިތަކަށް ބޭސްކުރާނަމަ ޕެންޝަން އެކައުންޓުން ފައިސާ ނެގޭ ގޮތަށް ބަދަލު ކުރަން ބިލެއް

އަދަދު

8 އޮކްޓޯބަރު 2025 | ބުދަ | 9:20

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް، އެ މީހުންގެ ރިޓަޔަމަންޓު ޕެންޝަން އެކައުންޓުން ފައިސާ ދޫކުރެވޭނެ ގޮތަށް ޕެންޝަންގެ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން، ޕެންޝަން ފައިސާ ބޭނުން ކުރަން ސްޕެޝަލިސްޓު ޑޮކްޓަރެއްގެ ލިޔުމަކާއެކު ހުށަހަޅައިފި ނަމަ، ފައިސާ ނެގޭނެ އެވެ. އެކަމަކު ފައިސާ ދޫކުރެވޭނީ ޕެންޝަން ލިބޭ އުމުރު ހަމަވުމުން މަހަކު 2،000ރ. ދޫކުރެވޭ ވަރަށް ޕެންޝަން އެކައުންޓުގައި ފައިސާ ހުރި ނަމަ އެވެ.

ކުޑޫ ހުށަހެޅި އިސްލާހާއެކު ޕެންޝަން އޮފީހުން މެޑިކަލް ސްޕެޝަލިސްޓުންގެ ޕެނަލެއް ހަދަން ޖެހެ އެވެ. ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭ އެ ޕެނަލުގައި ތިބެން ޖެހެނީ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ތިން މެޑިކަލް ސްޕެޝަލިސްޓުންނެވެ.

މައުޟޫޢުތަށް