ފުލުހުންނަށް ދޮގު މައުލޫމާތު ދިން މައްސަލާގައި ދައުދުގެ ބަޔާން ނަގާފައިވާ ކަމަށް އިހުސާން ވިދާޅުވެއްޖެ
އަދަދު
8 އޮކްޓޯބަރު 2025 | ބުދަ | 9:14
ޔުމްނު ވެއްޓުނު މައްސަލައިގައި ދައުވާކުރި ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދު ފުލުހުންގެ ތަހުގީގަށް ދޮގު ބަޔާން ދިން މައްސަލާގައި އޭނާގެ ބަޔާން ނަގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގައި އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަން ބުނެފައިވާ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ފޮނުއްވި ޖަވާބުގަ އެވެ.
ލިޔުމުން ފޮނުއްވި ޖަވާބުގައި އިހުސާން ވިދާޅުވީ ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވާ މީހުންގެ ތެރެއިން ދައުދާއި ފުލުހުން ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތަކީ ހ. މާއިރާ ގެއިން ރައުދު އާއި ބައްދަލުވި އިތުރު ފަރާތްތަކާއި ސުވާލުކުރުން ކަމަށް ވެސް އިހުސާން ވިދާޅުވެފައިވެ އެވެ.