މުޒާހަރާއިން ހައްޔަރުކޮށް ޖަލަށްލި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

އަދަދު

8 އޮކްޓޯބަރު 2025 | ބުދަ | 10:00

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައި ޖަލަށްލި މީހުންނާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބައްދަލުކޮށްފި އެވެ.

އެޗްއާރްސީއެމްގެ ޕީއާރް އޮފިސަރު އަދަދު އަށް ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު ޖެހި ހަ މީހުންނާ ދޫނިދޫ ޖަލުގައި އެޗްއާރްސީއެމް އިން ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑު އަހާފައިވާ ކަމަށެވެ.

ބަންދުގައި ތިބި މީހުން ހިއްސާކުރި ކަންބޮޑުވުންތަކުގައި ހުރި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެ ވެސް ކޮމިޝަނުން ބުންޏެވެ.

މައުޟޫޢުތަށް