ނުރުހުން ފާޅުކޮށް ވަޒީރުންނާއި ވެރިންގެ މާލީ ބަޔާންތައް ހާމަކުރަން ޝުޖާއު ގޮވާލައްވައިފި

އަދަދު

8 އޮކްޓޯބަރު 2025 | ބުދަ | 11:01

ދައުލަތުގެ ވެރިންގެ ތެރެއިން މާލީ ބަޔާން ހާމަކުރަނީ ހަމައެކަނި މަޖިލިސް މެންބަރުން ކަމަށަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާ، ވަޒީރުންނާއި ދައުލަތުގެ މުއައްސަސާތަކާއި އެހެން ތަންތަނުގެ ވެރިންގެ މާލީ ބަޔާން ހާމަކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފި އެވެ.

ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތް ހެދުމަށް ހުށަހެޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، މާލީ ބަޔާންތައް ހާމަކުރުމުގެ ހިތްވަރު މަޖިލިސް މެންބަރުންގެ ގައިގައި ހުންނާނެ ކަމަށެވެ.

"އެހެން ނަމަވެސް، އިއްޒަތްތެރި ރައީސް. ވަޒީރުންނާއި މިނިވަން ކޮމިޝަންތަކާއި ކުންފުނިތަކުގެ ވެރިންނާއި، އަދި އެހެންމެ، ކަސްޓަމްސް، އަދި މިހެން ގޮސް ބޮޑެތި މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާން ހާމަކޮށްލަން ކެރޭ ދުވަހަކީ އެއީ އިއްޒަތްތެރި ރައީސް، ރަނގަޅު ފާލެއްގެ ފެށުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ޝުޖާއު ވިދާޅުވި އެވެ.

މައުޟޫޢުތަށް