ލ. ގަމުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

އަދަދު

8 އޮކްޓޯބަރު 2025 | ބުދަ | 11:44

ލ. ގަމުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފަސް މީހުން ހައްޔަރު ކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ގަމުގައި ދެ ބައެއްގެ ދެމެދުގައި މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 29 އަހަރުގެ ތިން ފިރިހެނުންނާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

މައުޟޫޢުތަށް