ނޫސްވެރިންނާއި ނޫސްތަކުގެ މާލީ ބަޔާން ހާމަކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ

އަދަދު

8 އޮކްޓޯބަރު 2025 | ބުދަ | 11:47

ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަދަލު ގެނެސް ނޫސްވެރިންނާއި މީޑިއާތަކުގެ މާލީ ބަޔާން ހާމަކުރަން ޖެހޭނެ ގޮތް ހަދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހުގައި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުން ވެސް މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރު ތެރޭގައި މާލީ ބަޔާން އޮޑިޓަރު ޖެނެރަލަށް ފޮނުވުމަށް ހުށަހަޅާފައިވެ އެވެ. އެ ބަޔާންް އޮޑިޓަރު ޖެނެރަލަށް އާންމުކުރުމުގެ ބާރު ދޭން ވެސް ވަނީ ހިމަނާފަ އެވެ.

ކޮމިޓީ މަރުހަލާގައި މި ބިލަށް ބަދަލު ގެންނާނެ ކަމަށާއި ނޫސްވެރިންނާއި މީޑިއާތަކުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވީ މި ބިލަށް ބަހުސް ކުރައްވަމުންނެވެ.

މައުޟޫޢުތަށް