މައުމޫނުގެ ވެރިކަމުގައި ކޮރަޕްޝަނެއް ނުހިނގާ، އެއީ ކޮން އެއްޗެއް ކަމެއްވެސް ނޭނގޭ: މެންބަރު ޝާހިދު

އަދަދު

8 އޮކްޓޯބަރު 2025 | ބުދަ | 12:18

ކުރީގެ ރައީސް މައުމޫން އަބްދުއްލަގައްޔޫމުގެ ވެރިކަމުގައި ކޮރަޕްޝަން ނުހިނގާ ކަމަށާއި އެއީ ކޮން އެއްޗެއްކަން ރައްޔިތުންނަށް ނުވެސް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަށް ކޮރަޕްޝަން ގެނައި ބަޔަކީ އެމްޑީޕީ ކަމަށާއި މައުމޫނުގެ ވެރިކަމާއި ދެކޮޅަށް ފެށި އިސްލާހީ ހަރަކާތުގެ ކުރިން ކޮރަޕްޝަން އަކީ ދިވެހި އަޑު އަހާ ބަހެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރީގަ ވަރަށް ހަމަޖެހިގެން ވަރަށް އަމާން އޮމާން ކަމާއެކު ކޮރަޕްޝަން އެއްގޮތަކަށް ވެސް ނެތި ދިރިއުޅުމުން އައި ރައްޔިތަކު އުޅެމުން އައި ރާއްޖެއެއް މި ރާއްޖެ އަކީ. އެހެން ނަމަވެސް މި ރާއްޖެއަށް ކޮރަޕްޝަނޭ ކިޔާފަ ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން. އިސްލާހީ ހަރަކާތެކޭ ކިޔާފަ މުޅިން ދޮގު މައުލޫމާތުތަކެއް ރައްޔިތުންގެ ތެރޭގައި ފެތުރީ،" ޝާހިދު ވިދާޅުވި އެވެ.

މައުޟޫޢުތަށް