ޓެކްސް އެޕީލް ޓްރައިބިއުނަލް އައްޔަނުކުރަން މުއިއްޒު ނަން ފޮނުވި މަހާޒަށް މަޖިލީހުން ނޫނެކޭ ބުނެފި

އަދަދު

8 އޮކްޓޯބަރު 2025 | ބުދަ | 12:43

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނުކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނި އަދި ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެ މަގާމަށް އައްޔަން ނުކުރަން މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް މަހާޒު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ. އޭނާ އާއި ދެކޮޅަށް 41 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެންމެ މެންބަރެކެވެ.

ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެއް އުފައްދައި، ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން މަހާޒް ވަކިކުރީ މެއި 14، ގަ އެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވެސް މަގާމުން އެ ދުވަހު ވަކިކުރި އެވެ.

މައުޟޫޢުތަށް