އައްޑޫ ކައުންސިލްތައް ވަކިކުރުމާބެހޭ އާންމު ވޯޓު މި މަހު 25 ގައި
އަދަދު
8 އޮކްޓޯބަރު 2025 | ބުދަ | 1:46
އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މި މަހު 25 ގައި ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެ އެވެ.
އެ ކޮމިޝަނުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އައްޑޫ ރައްޔިތުންގެ މެދުގައި ނަގާ ވޯޓު އޮންނާނީ މި މަހު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތް އެ ދުވަހުގެ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުން ފެށޭނެ ކަމަށް އިލެކްޝަނުން ބުންޏެވެ.
އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އަހަނީ އައްޑޫ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭގޮތުންނެވެ.