ރިޝްވަތުގެ ފައިސާ ދިނުމުން ފްލެޓް ދޫކުރާ ކަމުގެ ހެކި ލިބިފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި

އަދަދު

8 އޮކްޓޯބަރު 2025 | ބުދަ | 7:02

ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުން، ގެދޮރުވެރިޔާ ފްލެޓަށް ޝަރުތު ހަމަނުވާ މީހުންނަށް ވެސް ފްލެޓް ދޫކުރަމުންދާކަމުގެ ހެކި ލިބިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީ އިން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، "ފައިސާ ނަގައިގެން ފްލެޓު ދޫކުރާ ކަމގެ" ހެކި އެ ޕާޓީއަށް ލިބިފައިވާ ކަމަށެެވެ.

"ފްލެޓު ކަންތަކުގައި ފައިސާ ނަގައިގެން ފްލެޓު ދޫކުރާ ކަމުގެ، އަޅުގަނޑުމެން އަތުގައި މިހާރު އެބަ ހުރި ހެއްކަށް ދަންދެން، މިކަން މިގޮތަށް އެބަ ކުރޭ، ކުރަމުންގެންދޭ،" މެންބަރު އިބްރާހިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް