ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އަނެއްކާވެސް އައްޑޫއިން ކަރަންޓު ކަނޑަނީ
އަދަދު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:40
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އަނެއްކާ ވެސް އައްޑޫއިން ކަރަންޓު ކަނޑަން ފަށައިފި އެވެ.
ހިތަދޫގައި ހުންނަ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި މިދިޔަ ސެޕްޓެމްބަރު 23، އިން ފެށިގެން އިއްޔެއާ ހަމައަށް ވެސް ފެނަކައިން ދަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭނެ ކަމަށް ބުނެ މެސެޖުތައް ހިއްސާ ކުރަމުންނެވެ.
އެގޮތުން ސެޕްޓެމްބަރު 23، އަދި 24، ގައި ފެނަކައިން ހިއްސާ ކޮށްފައިވާ މެސެޖުގައި ބުނެފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ލޯޑު މަތިވާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.