ގެސްޓްހައުސް ސިމްޕޯޒިއަމް: ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި

އަދަދު

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:35

ކަނޑުދަތުރުފަތުރު ކުރާއިރު ރައްކާތެރިކަން ކަށަވަރު ނުކުރާތީ އަދި ބައެއް ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް ރައްކާތެރިކަމުގެ ޔަވަޅުތައް ނާޅާތީ ސަލާމަތީ ހިދުމަތްތަކުން ގެސްޓްހައުސް ސިމްޕޯޒިއަމުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޯލްޑިވްސް އިސްލާމިމް ބޭންކް އިން ކުރިއަށްގެންދާ ސިމްޕޯސިއަމުގެ ތެރެއިން، ގެސްޓްހައުސް ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަނުގައި ކޯސްޓްގާޑް ޝިޕް، ޝަހީދު އަލީގެ އެގްޒެކެޓިވް އޮފިސަރު، މޭޖާ އަހުމަދު އިރުފާން ވިދާޅުވީ ގަވާއިދުތަކެއް ހެދިފައި އޮތަސް ބައެއް ފަރާތްތަކުން އެ ގަވާއިދުތަކަށް އަމަލުނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ޓްރާންސްޕޯޓުގެ ގަވާއިދާ ހިލާފަށް އުޅަނދު ހުރުމުން ހާދިސާއެއް މެދުވެރިވުމުން އުޅަނދު ދުއްވާ މީހާ ކޯސްޓްގާޑަށް ގުޅައި އެ ހާދިސާއެއް ރިޕޯޓުކުރަން ފަސްޖެހޭ ކަމަށާއި ބައެއް ފަހަރު ހާދިސާ ރިޕޯޓުކުރަނީ ފަސިންޖަރު ކަމަށެވެ.

މައުޟޫޢުތަށް