ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގައިފި!

އަދަދު

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:52

ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގައިފި އެވެ.

މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލާގައި ހިމެނެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށް ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރު ވަގު ސިނގިރޭޓެވެ. މި ދެ ކޮންޓޭނަރު ކަސްޓަމްސް އިން ހިފެހެއްޓީ އެޕްރީލް މަހުގެ ފަހު ކޮޅު އެވެ.

އެއާޕޯޓުގެ މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ. ކޮންޓެއިނަރުތައް އެތެރެ ކުރީ އެ ކުންފުނިން ކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. ކަސްޓަމްސް އިން ކޮންޓެއިނަރުތައް އަތުލައިގަނެ ބަހައްޓާފައި ހުރީ އެމްޕީއެލްގެ ހުޅުމާލޭ ޕޯޓުގަ އެވެ. އެ ކޮންޓެއިނަރުތައް ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގަ އެވެ.

މައުޟޫޢުތަށް