ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަނީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ކުންފުންޏަށް ބަދަލު ދިނުމުން
އަދަދު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:26
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްސަލައެއް ބަލަމުންދަނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދިނުމުން ކަން އެނގިއްޖެ އެވެ.
އަންނަ ހޯމަ ދުވަހު ތަހުގީގަށް ހާޒިރުވާން އަންގާ ފައްޔާޒްއަށް ފޮނުވި ޗިޓުގައި ބުނީ ސައުދުﷲގެ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި ފައްޔާޒު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ ކުންފުންޏަށް ބަދަލު ދޭން 2019 ވަނަ އަހަރު ނިންމި އަލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ފައްޔާޒު އިންނެވި ކަމަށް ޗިޓުގައި ބުނެފައިވެ އެވެ. މި ބަދަލުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް އޭސީސީން ތުހުމަތުކުރެ އެވެ.