ރިޔާސީ ވައުދަށް ދެ އަހަރު ވާން އުޅެނިކޮށް، މިފްކޯގެ ބޯޑަށް މަސްވެރިޔަކު އައްޔަނުކޮށްފި

އަދަދު

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:12

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން އެ ކުންފުނީގެ ބޯޑުގެ މަސްވެރިން ތަމްސީލުކުރާނެ ބޯޑު މެންބަރަކު އައްޔަނުކުރާނެ ކަމަށް ބުނި ފަހުން ދެ އަހަރު ވާން ގާތްވެފައި ވަނިކޮށް، އެ މަގާމަށް މީހަކު އައްޔަނުކޮށްފި އެވެ.

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރަން ނެގީ، ގދ. ތިނަދޫ، ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މެންބަރަކު އައްޔަނުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ކުންފުނީގައި މަސްވެރިންގެ ދައުރު ފުޅާކުރުމަކީ އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު "ހަފުތާ14" ގައި ހިމެނި ކަމެއް ވެސް މެ އެވެ.

މައުޟޫޢުތަށް