ބީއެމްއެލްއިން ހިޔާވެހި ލޯނުތައް އެޕްރޫވް ކުރަން ފަށައިފި

އަދަދު

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:31

ހެޔޮ އަގުގައި ގެދޮރު އިމާރާތް ކުރުމަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ތައާރަފުކޮށްފައިވާ ހިޔާވެހި ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހުށަހަޅާފައިވާ ޕްރޮޖެކްޓުތައް އެޕްރޫވް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ހިޔާވެހި ސްކީމަކީ ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ސްކީމެކެވެ. އިސްލާމީ ހަމަތަކާ އެއް ގޮތަށް ހިންގާ މި ސްކީމުގެ ދަށުން ފަސް ޕަސެންޓު ރޭޓުގަ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކުން ދަނީ މިހާރު ވެސް 1400 އަށް ވުރެ ގިނަ އެޕްލިކޭޝަން ބަލައި ފްރޮސެސް ކުރަމުންނެވެ. އަދި ފައިނޭންސިންއަށް ހުށަހަޅާފައިވާ މީހުންނަށް، ގެދޮރުވެރިން ޕޯޓަލްއަށް ވަދެ ފޯމުގެ ސްޓޭޓަސް ބަލައިލެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މައުޟޫޢުތަށް