ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ވެރިންގެ މައްސަލަތައް ބަލަން ފެށުން، އަދި ސައުދުﷲ ގެ ރައްދު
އަދަދު
10 އޮކްޓޯބަރު 2025 | ހުކުރު | 6:11
ސްވިފްޓް އިންޖިނިއަރިންއަށް ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން ޕްރޮޖެކްޓުތަކެއް ދޭން ނިންމުމުން، އެއީ ހައްގު ބަދަލެއް ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ގެއްލުމެއް ވުމުގެ ބަދަލުގައި ލިބުނީ ފައިދާ ކަމަށް ބުނެ އެ ނިންމުން ދިފާއު ކުރައްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ދެއްކެވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސައުދުﷲ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ހާޒިރުކުރަނީ ސްވިފްޓަށް ދިން ބަދަލުގެ މައްސަލައިގައި ކަމަށް އަދަދު އިން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
މިކަން ހިނގައިދިޔަ ގޮތް ކިޔައި ދެއްވަމުން ސައުދުﷲ ވިދާޅުވީ މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާ ގަވާއިދާ ހިލާފަށް ވަކިކުރި ޕްރޮޖެކްޓުތަކުގެ ގެއްލުމުގެ ބަދަލުގައި ދިން ޕްރޮޖެކްޓުތަކެއް ކަމަށެވެ.